މިހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު އަންނަ މަހުގެ ހަތްވަނަ ދުވަހަށް ދަންމާލަން ނިންމައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ މުޙައްމަދު އަސްލަމް މިކަން ހާމަކުރައްވައި، ވިދާޅުވި ގޮތުގައި އަންނަ މަހުގެ 7 އާ ހަމައަށް މި ދައުރުގެ ޖަލްސާތައް ކުރިޔަށް ދާނެއެވެ.
ދައުރު ދަންމާލަން ނިންމީ ބަޖެޓު ފާސްކުރުން ހިމެނޭ ގޮތަށް މުހިންމު މަސައްކަތްތަކެއް ހުރުމުން ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
އަދި ދައުރު ދަންމާލަށް މަޖިލީހުގެ މިއަދުގެ ވޯޓު ގަޑީގައި ވޯޓަށް އައްސަވާނެ ކަމަށްވެސް އަސްލަމް ވަނީ ވިދާޅުވިއެވެ.
މަޖިލީހުގެ ދައުރު ނިންމައިލަން އުޅޭއިރު، މި ދައުރު ޖަލްސާތައް ކުރިއަށް ނުގެންދެވި، މަސައްކަތް ހުއްޓިފައި ވަރަށް ގިނަ ދުވަހު އޮތެވެ.
