ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީގެ) ރަސްމީ އެކްސް އެކައުންޓު ސަސްޕެންޑް ވެއްޖެއެވެ.

އެ ޕާޓީގެ ރަސްމީ ފޭސްބުކް ޕޭޖުން ބުނީ، ޕާޓީގެ ރަސްމީ އެކްސް ”X“ އެކައުންޓް ހެންޑްލް ސަސްޕެންޑް ކުރެވިފައިވާ ވާހަކަ ދަންނަވާ ކަމަށެވެ.

”އަދި އެކައުންޓް އަނބުރާ ހޯދުމުގެ މަސައްކަތް ވެސް ކުރެވެމުންދާ ވާހަކަ އެންމެހައި ލޮބުވެތި މެންބަރުންގެ މަޢުލޫމާތަށް ޓަކައި ދަންނަވަމެވެ.“ ޕޯސްޓުގައިވެއެވެ.

ޕީއެންސީގެ ރަސްމީ އެކްސް އެކައުންޓް ސަސްޕެންޑުވި ސަބަބެއް ސާފެއް ނޫނެވެ. އެ ޕާޓީ ހިމެނޭ ކޯލިޝަންގެ ލީޑަރު، ކޯލިޝަން ދޫކުރައްވައި އައު ސިޔާސީ ޕާޓީއެއް ވުޖޫދު ކުރުމުގެ މަސައްކަތް ކުރައްވަމުން އަންނައިރު، ޕީއެންސީ އިން ވެސް އަންނަނީ މެމްބަރުން އިތުރު ކުރަން މަސައްކަތްތަކެއް ކުރަމުންނެވެ.