އިނގެރޭސި މުހާވިރާ ބަހެއްގައި އޮވެއެވެ. ދުވާލަކު އާފަލެއް ކާނަމަ، ޑޮކްޓަރު ދުރުގައި ބަހައްޓައިދޭނެއެވެ. މިއީ މުޅީން ދެބަސް ވެވެން ނެތް ވާހަކައަކަށްވަނީ އާފަލުން ލިބޭ ޞިއްޙީ ފައިދާތަކަށް ނަޒަރު ހިންގައިލުމުންނެވެ.

ކެލޮރީ މަދު އާފަލުގައި ފައިބާ، ފައިޓޮކެމިކަލްސް އަދި ޕޮޓޭސިއަމް އެކުލެވިގެންވާއިރު މިއީ ހިތާއި ދަތާއި ކޮނޑާއި ބަނޑަށް ވެސް ފައިދާހުރި އެއްޗެކެވެ.

އާފަލަކީ ސޮލިއުބަލް ފައިބަރެއް ކަމަށްވާ ޕެކްޓިން ހިމެނޭއިރު، މިއީ ”ގޯސް“ އެލްޑީއެލް ބްލަޑް ކޮލެސްޓްރޯލް ދަށްކޮށްދޭނެ އެއްޗެކެވެ. ލޭގައި އެލްޑީއެލް ކޮލެސްޓްރޯލް ގިނަވުމަކީ އެމެރިކާގައި އެންމެ ގިނަ މީހުން މަރުވާ ސަބަބު ކަމުގައިވާ ހިތުގެ ބަލިތަކަށް މަގުފަހި ކުރުވާ ކަމެކެވެ.

އާފަލުގައި ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ފައިޓޮކެމިކަލް އެއް ކަމަށްވާ ޕޮލިފެނޮލްސް ވެސް އެކުލެވިގެންވެއެވެ. އަދި މިއީ ޕޮޓޭސިއަމްވެސް ހިމެނޭ މޭވާއެކެވެ.

އާފަލުން ލިބޭ އިތުރު ފައިދާއަށް ބަލާއިރު، ލޭގެ ޕްރެޝަރު ދަށްކޮށްދިނުން ވެސް ހިމެނެއެވެ. އެމެރިކާގެ ބޮޑެތި މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަކީ ލޭގެ ޕްރެޝަރު މަތިވެފައިވާ މީހުން ކަމަށާއި އެކަމުގެ ސަބަބުން ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށް ޞިއްޙީ ލިޔުންތަކުގައިވެއެވެ.

އާފަލުގައި ޓެންނިންސް ވެސް އެކުލެވިގެންވާ އިރު، މިއީ ދަތްތައް ރީތިކަންމަތީގައި ބެހެއްޓުމަށް ވެސް އެހީއެކެވެ.

މަސްދަރު: ހޭވް އަ ޕްލާންޓް