ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރަންޓް(ޕީއެން ފްރަންޓް) އުފައްދަން ހުއްދަ ދިނުމާއިމެދު މިއަދު ގޮތެއް ނިންމަވާނެއެވެ.

އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ނައިބު ރައީސް އިސްމާޢީލް ހަބީބް ވިދާޅުވީ، ރައީސް ޔާމީންގެ ދޮށީ ދަރިކަލުން ޒެއިން ޢަބްދުﷲ ޔާމީން ގެ ފަރާތްޕުޅުން، ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ ހުއްދައަށް އެދިވަޑައިގެން، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމާމެދު މިއަދު 2 ޖަހާއިރު ބާއްވާ ކޮމިޝަންގެ ޖަލްސާގައި ގޮތެެއް ނިންމަވާނެ ކަމަށެވެ.

ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ހަފްތާއެއް ނުވަނީސް، ރައީސް ޔާމީން ވަނީ ޕީޕީއެމް/ޕީއެންސީން ވަކިވެވަޑައިގެންފައެވެ. އެމަނިކުފާނުގެ ޕާޓީ، ޕީއެންއެފްގެ މުއައްސިސަކީ ދޮށީ ދަރިކަލުން ޒޭން ޔާމީންއެވެ.

އީސީގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވީ ޕީއެންއެފް އުފެއްދުމުގެ ހުއްދައަށް އެދި އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔެކިޔުންތައް ލިބިފައިވަނި އިއްޔެ މެންދުރުކަމަށެވެ.

އެހެންވެ، ލިޔެކިޔުންތައް ބެލުމަށްފަހު މިއަދު ޕާޓީ އުފެއްދުމުގެ ހުއްދަ ދޫކުރެވޭނެކަމަށް ޔަޤީން ކުރެވޭކަމަަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު މިހެން ވިދާޅުވިއިރު، ޕީއެންއެފް އުފެއްދުމަށް ހުއްދަ ލިބުން ލަސްވާތީ އެކަމުގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން ވަނީ ކަންބޮޑުވުންފާޅުކުރައްވައިފައެވެ.