މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހިމް ޝަރީފް މުޙައްމަދު ހަމަޖައްސައިފިއެވެ.

އޭނާ އެ މަޤާމަށް ހަމަޖެއްސުމަށް ޕްރައިވެޓައިޒޭޝަން ކޮމިޓީން ނިންމީ އިއްޔެގެ ވަގުތެއްގައެވެ.

ޝަރީފަކީ 2015 ވަނަ އަހަރުގެ ތެރޭގައި ކޮމާސްގެ ދާއިރާ އިން އޮސްޓްރޭލިއާގެ ޑީކިން ޔުނިވަސިޓީން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރަށް، ޝަރީފު ވަނީ ފިއުލް ސަޕްލައި މޯލްޑިވްސްގެ ޗެއާމަންކަމާއި، ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްގެ މަގާމާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯގެ މަގާމާއި، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަންގެ މަގާމާއި، ދިރާގުގެ ބޯޑު ޑިރެކްޓަރުކަންވެސް ކުރައްވައިފައެވެ.