ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙުމަދު ޕީޕަލްސް ނެޝަނަލް ފްރަންޓް(ޕީއެންއެފް)އަށް ސޮއި ކުރައްވައިފިއެވެ.

ޖަމީލު އެ ޕާޓީއަށް ސޮއިކުރެއްވީ ރޭ ޕީއެންއެފްގެ އޮފީހުގައި ކުރިއަށްދިޔަ ސޮއިކުރުމުގެ ހަރަކާތުގެ ތެރެއިންނެވެ. ޕީއެންއެފް އަށް އެންމެ ފުރަތަމަ ސޮއިކުރެއްވީ، ރައީސް ޔާމީންއެވެ.

ޕީއެންއެފް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ދީފައެވެ.

ސިޔާސީ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނުމުން 3000 މީހުންގެ ސޮއި ހަމަކޮށް، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭއިރު، ޕީއެންއެފްއިން މިހާރު ދަނީ އެ މަސައްކަތް ކުރަމުންނެވެ.

ޕީއެންއެފް އުފައްދަން ހުށަހަޅައިފައި ވަނީ ރައީސް ޔާމީންގެ ދޮށީ ދަރިކަލުން ޒެއިން ޔާމީން އަބްދުލްޤައްޔޫމްގެ ނަމުގައެވެ. މި ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވަނީ ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙުމަދާއި، ކުރީގެ ޔޫތު މިނިސްޓަރު މަލީހު ޖަމާލެވެ.