ނ.މަނަދޫގައި، ގެއެއްގެ ތެރޭގައި މަރާލައިފައި އޮއްވައި ފެނުނު ނަޢީމާ މޫސާގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ މައްޗަށް ދަޢުވާ އުފުލައިފިއެވެ.

މަނަދޫ، އަންނާރުމާގޭ ނައީމާ ދިރިއުޅެމުންދަ ކޮޓަރިތެރޭގައި މަރާލާފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުއެވެ.

އުމުރުން 62 އަހަރުގެ ނައީމާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އެ ރަށު ތިން މީހުންނެވެ.

އެއީ އުމުރުން 23 އަހަރުގެ އަހުޒަމް ޢަބްދުއްޝަކޫރާއި އުމުރުން 21 އަހަރުގެ ޢަބްދުލްވާޙިދު ރިފާސްއާއި އުމުރުން 21 އަހަރުގެ ޙަސަން ފަވާޒެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޙުސައިން ޝަމީމް ވިދާޅުވީ އެ ތިން މީހުންގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމާއި އަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސްއެޅުމާއި މައްޔިތާގެ ބޭނުން ނަަހަމަ ގޮތުގައި ހިފުމުގެ ދަޢުވާ އުފުލާފައިވާ ކަމަށެވެ.

އަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ކުރީ ނައީމާ މަރައިލަން ބޭނުންކުރި ވަޅިއާއި އެހެނިހެން ތަކެތި އެ ރަށު ނާމަގު ސަރަހައްދުގައި ވަޅެއް ކޮނެ, އަންދައި ހެކި ނައްތާލުމަށް މަސައްކަތްކޮށްފައިވާތީ ކަމަށާއި, މައްޔިތާގެ ބޭނުން ނަަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދަޢުވާ ކުރީ ނައީމާ މަރައިލުމަށްފަހު އޭނާ ދިރިއުޅުނު ގޭގެ ދޮރު ތަޅުލުމުގެ ސަބަބުން އޭނާގެ ހަށިގަނޑު އާއިލާއަށް ނުފެނި 40 ގަޑިއިރު ހޭދަވެފައިވާތީ ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

ނައީމާގެ މަރުގެ މައްސަލައިގައި ދަޢުވާ އުފުލީ، މި ތިން މީހުންނަށް

ނައީމާ އަކީ އެކަނި ގޭގައި ދިރިއުޅެމުން ދިޔަ މީހެކެވެ.

އޭނާގެ މަރުގެ މައްސަލައިގެ ހިމެނޭ މީހުންނަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގައި މީގެ ކުރިން ހިމެނުނު މީހުންކަން އެނގިފައިވެއެވެ.