ރާއްޖެ އިން މީހުން ޙައްޖަށް ގެންދިއުމު ކަންކަން އިތުރަށް ތަރައްގީ ކުރުމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީ އާއި ޙސއްޖު ކޯޕަރޭޝަނުން މަޝްވަރާކޮށްފިއެވެ.

އިއްޔެ ބޭއްވި މި މަޝްވަރާތައް ކުރިއަށް ގެންދެވީ، މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމު ޢަލީ ސަޢީދާއި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލެވެ.

މި ބައްދަލުވުމާ ގުޅޭ ގޮތުން މިނިސްޓަރު ސޯޝަލް މީޑިއާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޝަވަރާ ކުރެވުނީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ތަޞައްވުރާ އެއްގޮތަށް ޙައްޖަށް ދިއުމުގެ ޚިދުމަތްތައް ތަރައްޤީ ކުރުމާ ގުޅޭ ގޮތުން ކަމަށެވެ. މިކަމުގައި އިސްލާމިކް މިނިސްޓްރީ އާއި ޙައްޖު ކޯޕަރޭޝަން އެކުގައި މަސައްކަތް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ފަހުން އިސްލާމިކް މިނިސްޓަރު ވިދާޅުވީ ޙައްޖަށް މީހުން ގެންދަން އަމިއްލަ ގްރޫޕްތަކުން މާ ބޮޑު އަގު ނަގާ މައްސަލަ ޙައްލު ކުރުމަށްޓަކައި ރާއްޖެ އަށް ލިބޭ ޙައްޖު ކޯޓާ އެއްކޮށް، ޙައްޖު ކޯޕަރޭޝަނަށް ދިނުމަކީ ވިސްނުންފުޅެއް ކަމަށެވެ.

ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އަންނަ އަހަރު ރާއްޖެ އަށް 2،000 ޙައްޖު ކޯޓާ ހޯދުމަށެވެ.