ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމުގެ ގޮތުން ބައެއް ޓެކްސްތައް ބޮޑުކުރަން ނިންމައި އެކަމާ ގުޅޭ މަޝްވަރާތައް ފަށައިފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ޖީއެސްޓީ އާއި ޓީޖީއެސްޓީ އަށް ނަގާ އަގު ބޮޑުކުރުމާ ގުޅޭ ގޮތުން މިހާރު ކަމާބެހޭ ފަރާތްތަކާ އެކީ މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށާއި، މަޝްވަރާތައް ކުރިއަށް ދަނީ މިޑްޓާމް ފިސްކަލް ސްޓްރެޓަޖީ އެކުލަވާލުމަށް ކަމަށެވެ.
މިނިސްޓްރީން ބުނާ ގޮތުގައި، ޓެކްސް ބޮޑު ކުރަން ޖެހެނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުން އަންނާތީ، އިގްތިސާދު ހަމައަކަށް އެޅުވުމަށެވެ.
ޓީޖީއެސްޓީ އާއި ޖީއެސްޓީއަށް ގެންނާނީ ކޮން ބަދަލުތަކެއްކަން ނުވަތަ އެ ބަދަލުތައް ގެންނަނީ ކޮން އިރަކު ކަމެއް ސާފެއް ނޫނެވެ.
ޓެކްސް ބޮޑު ކުރުމާ ގުޅޭގޮތުން ސަރުކާރުން ވަނީ، މިދިޔަ ހަފްތާގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މަޓީ އާއި މަޓާޓޯ ފަދަ ފަރާތްތަކާއެކު މަޝްވަރާ ކޮށްފައެވެ.

ދެރަކަމެއް ސަރުކާރުންކުރާއިސްރާފުބޮނޑުޚަރަދުތަށް މިހާރުންމިހާރަށްހުއްޓާލަންވީ ނާށިގަޑުހިފާގެންއުޅުނުމީހަކާވެރިކަންހަވާލުކުރީމަވާނެގޮތަކީމިއީ މީތައެބުނާހެޔޮވެރިކަމަކީ
މީތައެބުނާހެޔޮވެރިކަމަކީ