ބޭނުންވާ ތަކެތި:

1 ސްކޫޕް ޗޮކުލެޓް އައިސް ކްރީމް

½ 1 ސައިސަމުސާ ކޮފީ

1 ތަށި އައިސްފެން

1 މޭޒުމަތީ ސަމުސާ ހަކުރު

¼ ސައިސަމުސާ ވެނީލާ އެސެންސް

2 މޭޒުމަތީ ސަމުސާ ހިކިކިރު

ތައްޔާރު ކުރާނެގޮތް:

ކޮފީ، އެސެންސް، ފެން، ހަކުރު، ހިކިކިރު އެއްކޮށް އަޅާފައި މިކްސްޗަރުން ރަނގަޅަށް ގިރާލާށެވެ. ދެން ތަށްޓަށް އަޅާފައި އައިސް ކްރީމް ސްކޫޕެއް ލުމުން، ކޮފީ ޝޭކް ތައްޔާރުވީއެވެ.