ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އެންމެ ފަހުން އިސްތިއުފާ ދެއްވައިފިއެވެ.
އެގައުމުގެ ނޫސްތަކުން ބުނީ މަގާމުން އިސްތިއުފާ ދެއްވާ އެކަމުގެ ލިޔުންވެސް އެމަނިކުފާނު ފޮނުއްވާފައިވާ ކަމަށެވެ.
އަދި ސިޓީގެ ގާނޫނީ ސައްހަ ކަމުގެ ޔަގީންކަން ލިބުމުން ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ. ގޮތަބަޔާގެ އިސްތިއުފާގެ ސިޓީ، ލަންކާގެ ރައީސްގެ މީޑިއާ އޮފީހަށްވެސް ލިބިފައިވާކަން ވަނީ ހާމަކޮށްފައެވެ.
ލަންކާގެ ވަގުތީ ރައީސްއަކަށް މިހާރު ހަމަޖައްސަވާފައިވަނީ ރަނިލް ވިކްރަމަސިންހައެވެ. ގޮތަބަޔާ ފިއްލަވައިގެން ވަޑައިގަތީ ރާއްޖެއަށެވެ.
