ފޭރު ފަތުން ވަރަށް ގިނަ ގުނަ ފައިދާތަކެއް ލިއްބައިދޭކަން ދިރާސާތަކުން ވަނީ ހޯދިފައެވެ.

އެގޮތުން ފޭރު ފަތުގެ ފެނުން ޤަވާއިދުން އިސްތަށިގަނޑު ދޮވުމުން ނުހަނު ފައިދާވާކަން އެނގޭހެއްޔެވެ؟ މިކަމުގެ ސަބަބުން ތިބާގެ ބޮލުން އިސްތަށި ފޭބުން މަދުކޮށްދޭނެއެެވެ.

ފޭރު ފަތުން އިސްތަށިގަނޑަށް ލިބޭނެ ބައެއް ފައިދާ:

އިސްތަށި ފެޅުން

ފޭރު ފަތަކީ އިސްތަށިގަނޑު ބޯކޮށްދޭ އެއްޗެކެވެ. އޭގައި އެކުލެވިގެންވާ ވިޓަމިން ބީ އާއި ސީގެ ސަބަބުން ހެއާ ފޮލިކަލްތައް ނަރިޝްވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އާ އިސްތަށި ފަޅައި، އިސްތަށިގަނޑުގެ ބޯމިން އިތުރުވެއެވެ.

ބޮލުގެ ތަލަ ދުޅަހެޔޮވުން

ފޭރު ފަތުގައި ގިނަ އަދަދަކަށް އެނަލްޖެސިކް، އެންޓިމައިކްރޯބިއަލް، އެންޓި-އިންފްލެމޭޓަރީ އަދި އެންޓިއޮކްސިޑެންޓް މާއްދާތައް އެކުލެވިގެން ވެއެވެ. ފޭރު ފަތުގެ ދިޔަ ބޭނުންކޮށްގެން ބޯ މަސާޖު ކުރުމަކީ ތަލަގަނޑު ދުޅަހެޔޮވެގެންދާ ކަމެކެވެ.

ބޮލުގައި ހަންފެޅުން ރަނގަޅުވުން

ބޮލުގައި ހަން ފަޅަނީ ތަލަ މާ ބޮޑަށް ހިކި، ހިރުވާގޮތް ވުމުގެ ސަބަބުންނެވެ. ފޭރު ފަތުގެ ދިޔަ ތަލައިގެ އެތެރެއަށް ވަދެ ހަންގަނޑު ވަރަށް ރަނގަޅަށް ނަރިޝްކޮށްދެއެވެ. އޭގެ ސަބަބުން އިސްތަށީގެ މުލުގައި ފަޅާފައި ހުންނަ ހަންތައް ރަނގަޅުވެގެން ދެއެވެ.