ބައިނަލްއަގްވާމީ ޔޯގާ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ އިވެންޓު ހުއްޓުވައި، ހަމަނުޖެހުން ހިންގަން އުޅުނު ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ޝެއިހު އާދަމް ނިޝާން ބަންދުގައި ބެހެއްޓުމަށް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް މާދަމާއަށް ތާވަލުކޮށްފިއެވެ.
އެގޮތުން މި މައްސަލައިގެ ހުކުމް އޮތީ މާދަމާ ހެނދުނު 10:30ގައެވެ. ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި ފާހަގަކޮށްފައިވަނީ ޝެއިހު ނިޝާން ހައްޔަރުކުރިއިރު ގާނޫނީ އިންޒާރުގައި ފުލުހުން ތުހުމަތުކުރި ކަންކަން ފިޔަވައި އިތުރު ކަންކަން ފުލުހުންގެ ފަރާތުން ކްރިމިނަލް ކޯޓުގައި ބަންދު މުރާޖައާކުރުމަށް ހުށަހެޅިއިރު ހިމަނާފައިވާ ކަމަށެވެ.
May Allah hasten release of our beloved Sheikh @adamnishanali.
Brothers and sisters please include in your dua.
Spread this news and make these hashtags trending.#FreeMvHeroes#MinivanKurey#Nuhaggunjalugaa#FreeSheikhNishan https://t.co/oEnklZvM1R
— Fazloon Bin Muhammad (أبو عبد الرحمن الملندوي) (@fzlunx) August 3, 2022
ހިންދޫ ދީނުގެ އަޅުކަމުގެ ތެރޭގައި ހިމެނޭ ކަމަކަށްވާތީ ދީނީ އިލްމުވެރިން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް ސަރުކާރުން ބާއްވަން އުޅުނު ޔޯގާ ހަރަކާތް ހުއްޓުވި ކަމުގެ ތުހުމަތުގައި ޖަލުގައި ހައްޔަރުކޮށްފައި ތިބި މީހުން ވަނީ ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ފަށައިފައެވެ.
ހިންދޫ ދީނުގެ އަޅުކަމުގެ ތެރޭގައި ހިމެނޭ ޔޯގާ ހަރަކާތް ހުއްޓުވުމުގެ ތުހުމަތުގައި ހައްޔަރުކުރި 24 މީހުންގެ ތެރެއިން މިހާރު ބަންދުގައި ތިބީ 10 މީހެކެވެ. އޭގެ ތެރޭގައި ޝެއިހް އާދަމް ނިޝާން އާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ހިމެނެއެވެ.
