ބްރިޖު ”އޯކޭ“ ވިޔަސް، އެހެން ގައުމެއްގެ ފައިބުޑަށް ވެއްޓެން ”އޯކޭ“އެެއް ނޫން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު، އަދި އެމްއެންޕީގެ އަންހެނުންގެ ގޮފީގެ ލީޑަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ދުންޔާ މިހެން ވިދާޅުވެފައިވަނީ އިންޑިއާގެ ލޯނުގެ އެހީގައި ހަދާ ތިލަމާލެ ބްރިޖު މަޝްރޫއުގެ ބިންގާ، އިންޑިއާގައި އަޅާފައިވަނިކޮށެވެ. އިންޑިއާގައި ބޭއްވި ރަސްމިއްޔާތެއްގައި ބްރިޖުގެ ބިންގާ އެޅުއްވީ ރާއްޖޭގެ ރައީސް، އިބްރާހީމް މުހައްމަދު ސޯލިހާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ.
ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އެ ގައުމުގެ އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ދިވެހި ރުފިޔާ އިން ނަމަ މުޅި މަޝްރޫއަށް 7.7 ބިލިއަން ރުފިޔާ ވަރު ހަރަދުކުރާނެއެވެ.
ބްރިޖް އޯކޭ. އެހެން ގައުމެއްގެ ފައި ބުޑަށް ވެއްޓުން އޯކޭ އެއް ނޫން!
— Dunya Maumoon (@dunyamaumoon) August 3, 2022
ފޮޓސަރުކާރުން ކުރިން ބުނި ގޮތުގައި، އަމާޒަކީ އަންނަ އަހަރުގެ ޖުލައި ނިމުމުގެ ކުރިން މާލެ އާއި ވިލިމާލެ ބްރިޖުން ގުޅާލުމެވެ.
އޭގެފަހުން ގުޅިފަޅާއި ތިލަފުށި ގުޅާލައި ބްރިޖުގެ މަސައްކަތް އެއްކޮށް ނިމޭނީ 2024 ވަނަ އަހަރުގެ ކުރީކޮޅުގައި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫއުތައް އަވަސް ކުރުމަށް އިތުރު 100 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.
