އައްޑޫގެ އަތޮޅުވެރިކަން ކުރެއްވި ހައިވަކަރު އަހުމަދުފުޅު މިއަދު އަވަހަރަވުމުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި އަސްކަރިއްޔާއަށާއި، ދިވެހި ދަޢުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކޮށްދެއްވި، މއ. ހައިވަކަރުގޭ، އަޙްމަދުފުޅު އަވަހާރަވުމާ ގުޅިގެން އެ މަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
ދިވެހި އަސްކަރިއްޔާއަށާއި، ދިވެހި ދަޢުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކޮށްދެއްވި، މއ. ހައިވަކަރުގޭ، އަޙްމަދުފުޅު އަވަހާރަވުމާ ގުޅިގެން އެ މަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަން. އަދި އެ
މަރްޙޫމްގެ ފުރާނަފުޅަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކޮށްދެއްވާށި— Ibrahim Mohamed Solih (@ibusolih) August 5, 2022
އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުން އޭނާ އަވަހާރަވީ މިއަދުގެ ފަތިހުގެ ވަގުތެއްގައެވެ.

ހައިވަރަކު އަހުމަދުފުޅަކީ ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި ބޭފުޅެއްގެ އިތުރުން ރާއްޖޭގެ ކުޅިވަރު ދާއިރާގެ ތެރެއިން ވެސް ވަރަށް ފާހަގަކޮށްލެވުނު ޝަހުސިއްޔަތެކެވެ. ރާއްޖޭގެ ކުރީގެ މަޝްހޫރު ކޯޗް މައުރޫފު އަހުމަދު (މާއްޓޭ) އަކީ އަހުމަދުފުޅުގެ ބޭފުޅެކެވެ.
