އަބަދުވެސް އެދެނީ ރައީސް ޔާމީން އަބްދުލްގައްޔޫމަށާއި އެމަނިކުފާނުގެ އާއިލާއަށް ހެޔޮ ގޮތް ވުމަށް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވެވުން، މިއަދު 1:00އަށް ތާވަލު ކުރުމާއި ގުޅިގެންނެވެ.
އެކްސްގައި މިނިސްޓަރު މިއަދު ވިދާޅުވީ، ދިވެހިރާއްޖޭގެ ހައިކޯޓުގައި ރައީސް ޔާމީންގެ މައްސަލާގައި ހުކުމްކުރުމަށް މިއަދު ބާއްވާ ޝަރީޢަތުގެ މަޖިލީހުގައި އެމަނިކުފާނަށް ކާމިޔާބު މިންވަރުކުރެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.
އަބަދުވެސް އެދެނީ ރައީސް ޔާމީނަށާ އެމަނިކުފާނުގެ އާއިލާއަށް ހެޔޮގޮތްވާން. ދިވެހިރާއްޖޭގެ ހައިކޯޓުގައި ރައީސް ޔާމީންގެ މައްސަލާގައި ޙުކުމްކުރުމަށް މިއަދު ބާއްވާ ޝަރީޢަތުގެ މަޖިލީހުގައި އެމަނިކުފާނަށް ކާމިޔާބު މިންވަރުކުރައްވާށި..އާމީން https://t.co/21qZwyHYWB
— Ahmed Shiyam (@Shiyamaldives) April 18, 2024
ޝިޔާމް މިހެން ވިދާޅުވިއިރު، ދުއާ އަކީ ރައީީސް ޔާމީން މިނިވަންވެވަޑައިގަތުން ކަމަށް ރައީީސް ޑރ.މުހައްމަދު މުއިއްޒު ވެސް، ރޭ ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ މައްސަލަ ހައިކޯޓުގައި ބައްލަވާ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހަސަން ޝަފީޢާއި ފަނޑިޔާރު ހުޒައިފާ މުހައްމަދާއި، ފަނޑިޔާރު މުހައްމަދު ސަލީމެވެ.
އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައިވަނިކޮށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް ލިބިވަޑައިގެންނެވި ކާމިޔާބާއެކު ރައީސް ޔާމީން ގެކޮޅަށް ބަދަލުކޮށްދޭން އެދިވަޑައިގަތެވެ.

ދެފައި ތުރުތުރު އަޅަންފެށީދޯ
ފިސަރީޒް މިނިސްޓަ ނޫނީ ރައީސް ޔާމީނައް ހެޔޮބަހެއް
ބުނިމިހަކު މިސަރުކާރަކުނެތް ސިޔާމަމަރުހަބާކިޔަން