މި އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 81،914 ފަތުރުވެރިން ޒިޔާރަތް ކޮށްފިއެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިއަދުގެ ނިޔަލަަށް ޗައިނާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 81،914 އަށް އަރައިފައެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 762،125 ފަތުރުވެރިން އައިސްފައިވެއެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ލިސްޓުގެ ދެވަނައިގައި އޮތީ ރަޝިޔާއެވެ.
އެ ގައުމުން ވަނީ 76،138 ފަތުރުވެރިން މިހާތަނަށް ރާއްޖެއަށް އައިސްފައެވެ.
ތިން ވަނައިގައި އޮތް އިނގެރޭސިވިލާތުން ރާއްޖެއަށް 74،626 ފަތުރުވެރިން އައިސްފައިވާއިރު، ލިސްޓުގެ ހަތަރުވަނައިގައި އޮތް އިޓަލީއިން ރާއްޖެއަށް އައިސްފައިވަނީ 70،174 ފަތުރުވެރިންނެވެ.
