ދެކުނުގެ ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން ރޭ ބުނީ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވަނީ ހިމެނޭ ގއ. ގދ. ޏ. އަދި ސ. ގައި ހިމެނޭ ރަށެއްގައި ކަމަށެވެ. އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ އާދިއްތަ ދުވަހު ކަމަށެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލައަކީ ކުޑަކުދިންނާ ގުޅުންހުރި މައްސަލައެއް ކަމަށްވުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.