19 ވަނަ މަޖިލީހުގައި ކާށިދޫ ދާއިރާ ތަމްސީލު ކުރައްވާ ޖާބިރު މެންބަރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.
އިސްތިއުފާ ދީ ޖާބިރު މަޖިލީހަށް ޖާބިރު ފޮނުއްވި ސިޓީގައި ބުނެފައި ވަނީ މި މަހުގެ 28 ގައި ފެށޭ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގިނަ ގޮނޑިތަކެއް ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުންނަށް ލިބިގެން ދިޔުމަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ޑިމޮކްރަސީ ފަހަތަށް ސޮއްސައިލައިގެން ދިޔަ ކަމެއް ކަމަށެވެ.
ޖާބިރު ވަނީ އޭނާ މަޖިލީހަށް މިދިޔަ މަހު މަޖިލީހަށް ވާދަކުރަން ކާށިދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމެރީ ވާދަކޮށް ޓިކެޓް ލިބުމުން ޕާޓީން ބޭރުކޮށް ޕްރައިމަރީގައި ވާދަނުކުރާ މީހަކަށް ޓިކެޓް ވެދުމަށް އެރުވުމަކީ ވެސް ޑިމޮކްރަސީގެ ރީތި އުސޫލްތަކާ ހިލާފުކަމެއް ކަމަށް ބުނެފައެވެ.
އެމްޑީޕީން ޖާބިރުގެ ޓިކެޓް އަތުލީ ހަޑި ހުތުރު ބަހުން ވާހަކަ ދައްކާ ކަމަށް ބުނެ، އަހުލާގީ މައްސަލަތަކަކާ ގުޅިގެންނެވެ.
ނަވާރަ ވަނަ މަޖިލީހުގެ މެންބަރުކަމުން ޖާބިރު އިސްތިއުދާ ދިން އިރު، މި ދައުރުގެ ފަހު ޖަލްސާ އޮންނާނީ މި މަހުގެ 13 ގައެެވެ.
އާ މަޖިލީހުގެ 93 މެންބަރުން މި މަހުގެ 28 ގައި ހުވާކުރައްވާނެއެވެ.

ޢެސޮރު އެއްވެސް ގޮޑިޔަކަށް ނުހޮވުނު ހޮވުނުނަމަކަ އެސޮރެއް އިސްތިއުފާ ނުދޭނެ ޖާބެ ﷲ ތާލާއަޢް ޝުކުރުކުރޭ ދެންވެސް އިސްލާހުވެ ބަލަ ރޯނު ކުޑޭގެ އިބުރާހިމް ރަޝީދު އަލިދޫއިން ބޭރުކުރަން އޮތްރޭ އިބުރާހިމް ރަޝީދާ ދިމާލަށް ބުނިއެތި ހަދާންއެބަހުރިތަ ޖާބޭ ނިކަންބުނެބަލަ