ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ދިހަ މުވައްޒަފަކަށް ދީފިއެވެ.
އެ މުވައްޒަފުންނަށް މިއަދު ވަނީ ކަމާ ގުޅޭ ލިޔުން ވެސް ހަވާލު ކޮށްފައެވެ.
ހުޅުލޭ އައިލަންޑް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހައްޖުގެ އަޅުކަން އަދާކުރަން ފުރުސަތު ލިބުނު އެމްއޭސީއެލްގެ މުވައްޒަފުންނަށް އެކަމާއި ގުޅޭ ލިޔުން ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޑަރ އިބްރާހިމް ޝަރީފު މުހައްމަދުއެވެ.
ޝަރީފު މިއަދު ވިދާޅުވީ ހައްޖު ފަދަ މަތިވެތި އަޅުކަމެއް އަދާކުރުމުގެ ފުރުސަތު ކޮންމެ އަހަރަކު ކުންފުނީގެ 10 މުވައްޒަފަކަށް ދިނުމަކީ ކުންފުނީގެ މުހިންމު އަމާޒެއްކަމަށެވެ.
އެގޮތުން ފުރުސަތު ދިނުމުގައި އެންމެ ބޮޑަށް ބަލާފައިވާނީ ކުންފުނީގައި އެންމެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މުވައްޒަފުންނަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެ.މް.އޭ.ސީ.އެ.ލްއިން ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ކުންފުނީގެ މުވައްޒަފުންނަަށް ދޭން ފެނީ 1998 ވަނަ އަހަރުއެވެ.
