ސަރުކާރުން ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތައް ތަރައްގީކޮށް ހިންގުމަށް ދުބާއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ (އިފްޒާ) އާއެކު އިކޮނޮމިކް މިނިސްޓްރީން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝިއަލް ސާސަސް ޒޯން ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި އިފްޒާގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޗެއާމަން މާޓިން ޕިޓާސަންއެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
Ministry has today signed an MoU with @ifzauae to develop a special economic & financial services zone at Funadhoo Island & the Maldives Economic Gateway at Ihavandhippolhu. The MoU will pave the way to diversify and transform our economy. pic.twitter.com/3UpcSHbnA8
— Ministry of Economic Development and Trade (@MoEDmv) May 12, 2024
އެއްބަސްވުމުގެ ދަށުން އިފާޒްއިން ތަރައްގީ ކުރަނީ ކ. ފުނަދޫގައި ތަރައްގީކުރާ ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސަސް ޒޯނާއި އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ ”މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ“ އެވެ.
އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ އަކީ ކަމުގެ ފަންނު ލިބިފައިވާ ކުންފުންޏެއް ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ތަސައްވުރަކީ އެމަނިކުފާނުގެ ފަސް އަހަރު ހުއްޓުމެއް ނެތި ތަރައްގީ އާއެކު ކުރިއަށް ދިޔުން ކަމަށެވެ.
