ރ.އުނގޫފާރުގައި މަގުމަތީގައި ކުޅެން ތިިބި ކުދިންތަކެއް ފެންގަނޑަކަށް އެރުމުން އެ ކުދިންނަށް ކަރަންޓު ޖެހިއްޖެއެވެ.
މަގު ބައްތިއަކުން ފެންގަނޑަށް ކަރަންޓު ދޫވެފައި ހުރުމުން ކަރަންޓުގައި ޖެހުނީ ތިން ކުދިންނެވެ.
އުނގޫފާރު ހޮސްޕިޓަލުން ބުނީ، ކަރަންޓު ޖެހިގެން ތިން ކުޑަކުއްޖަކު އެ ހޮސްޕިޓަލަށް މިއަދު މެންދުރު ފަހު 1:40 ގައި ގެންދިޔަ ކަމަށެވެ.
މިއަދު ކަރަންޓުގައި ޖެހިގެން ގެންދިޔަ ދެ ކުދިންގެ ތެރެއިން 18 އަހަރުގެ ޒުވާނާގެ ހާލު ސީރިއަސް ވެ، މިހާރު އައިސީޔޫއަށް ބަދަލުކޮށްފައިވެއެވެ.
އަށް އަހަރުގެ ފިރިހެން ކުއްޖައާއި 12 އަަހަރުގެ ކުއްޖާގެ ހާލު މިހާރު ރަނގަޅެވެ.
މި ހާދިސާ ދިމާވާން މެދުވެރިވީ ވާރޭވެހުމުގެ ސަބަބުން ހެދިފައިވާ ފެންގަނޑެއްގެ ތެރެއަށް ކުޅުމުގެ ތެރޭގައި އަށް އަހަރުގެ ކުއްޖާ އެރި އުޅުމުގެ ތެރޭގައި ކަމަށް އެނގިފައިވެއެވެ.
