ކ. އަތޮޅު ރިސޯޓެއްގައި ސްނޯކްލިން އަށް ދިޔަ މީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ އެ ހާދިސާގައި މަރުވެފައިވަނީ 67 އަހަރުގެ ރަޝިއާ ފިރިހެނެކެވެ.

ފުލުހުން ބުނި ގޮތުގައި، މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 11:30 ހާއިރުއެވެ.

އެމީހާ އޭޑީކޭ އަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، ހާދިސާއާއި ގުޅޭ ކަންކަން އިތުރަށް ބަލަމުން އަންނަ ކަމަށެވެ.