ފަލަސްތީނުގެ މުސްލިމް އަހުންނާއި އުހްތުންނަށް ދިމާވެފައިވާ ހާލަތާއި ގުޅިގެން، ރާއްޖޭގައި ދެ ނަމާދެއްގައި ގުނޫތު ކިޔަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސް ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނުގެ ހިތްދަތި ހާލަތާ ގުޅިގެން މިއަދުން ފެށިގެން މަޣްރިބް ނަމާދާއި ފަތިސް ނަމާދުގައި ގުނޫތު ނާޒިލާ ކިއުމަށް އިމާމުންނަށް އަންގަވާނެ ކަމަށެވެ.

އަދި ވިދާޅުވީ މުސްލިމުންނަކީ އެއް ހަށިގަނޑެއް ކަމަށެވެ.

”އިސްލާމީ އުންމަތަށް ދިމާވެފައިވާ ހިތްދަތި މިވަގުތަކީ އިހްލާސްތެރިކަމާއެކު ދުއާކުރަންވީ ވަގުތު“ ޝަހީމް ވިދާޅުވިއެވެ.

 

އިޒްރޭލުގެ ޔަހޫދީން ޣައްޒާއަށް މިފަހުން ދޭން ފެށި ހަމަލާތައް ފެށީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުއެވެ. ޔަހޫދީންގެ ހަމަލާތަކުގައި މިހާތަނަށް، ފަލަސްތީނުގެ 36000އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެއެވެ.