ބައެއް ފަޅުރަށްތަކާއި ފަޅުތަކެއް ހިމެނޭހެން ޓޫރިޒަމަށް ތަރައްގީކުރަން ބީލަމަށް ހުޅުވާލައިފިއެވެ.

އަލަށް ހުޅުވާލި ރަށްރަށަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ޕްރޮޕޯސަލްއާ އެކު ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމް ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓް ލިބޭނެއެވެ. ޓޫރިޒަމަށް ހުޅުވައިލި ތަންތަނުގެ ތެރޭގައި ހިމެނެނީ 11 އަތޮޅަކުން 14 ރަށަކަށާއި ތިން ފަޅެކެވެ.

ޓޫރިޒަމަށް އަލަށް ހުޅުވާލާފައިވާ ތަންތަނަކީ ދ. ވައިކަރަމުރައިދޫ (15 ހެކްޓަރު: ށ. ކުޑަޅައިމެންދޫ، ރ.ދިއްކުރެއްދޫ، ޅ.ދިއްފުށި، ޅ.ވިހަފަރުފިނޮޅު، ކ. ހިއްމިއްޔަފަޅު، ކ.އަތޮޅު ފަޅެއް، އއ.އަލިކޮއިރަށް، ވ.ފަޅެއް، ތ.ގާލީ، ތ.ރުއްތިބިރަށް، ތ. ކަނިމީދޫ، ލ.ކަށިދޫ، ލ.ހަންހުށި، ގއ. ބޭރުމައުޑޫ، އަދިވގދ. ކަޅެހުއްޓާއެވެ.

މި ތަންތަނުގެ ތެރެއިން އެންމެ ބޮޑު ލީޒް އެކިއުޒިޝަން ކޯސްޓެއް ދައްކަން ޖެހެނީ ކ. ހިއްމިއްޔާފަޅަށެވެ. އެއީ 23.5 މިލިއަން ޑޮލަރެވެ. ދެން އެންމެ ބޮޑު އެކިއުޒިޝަން ކޯސްޓެއް ދައްކަން ޖެހެނީ ޅ. ދިއްފުއްޓަށެވެ. އެއީ 18.5 މިލިއަން ޑޮލަރެވެ.