ތިލަމާލެ ބްރިޖް މަޝްރޫއުގެ 38.8 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.
އިންފްރާސްޓްރަކްޗަރ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާޝިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާތަނަށް ބްރިޖްގެ ޖުމްލަ %38.7 މަސައްކަތް ނިމިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި ފައިލިންގ މަސައްކަތުގެ %66 އާއި، ޕައިލްކެޕް މަސައްކަތުގެ %46 އާއި، ޕިއާ ކޮލަމްންސްގެ މަސައްކަތުގެ %38 މަސައްކަތް ވަނީ ނިމިފައެވެ.
ނާޝިދު ވިދާޅުވީ ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށެވެ.
އަދި ގުޅިީފަޅު 31 މާރިޗް 2026ގައި ގުޅުވާލެވޭނެ ކަމަށާއި، ގުޅިފަޅު-ތިލަފުށި ގުޅުވާލެވޭނީ އެ އަހަރުގެ ސެޕްޓެމްބަރުގައި ކަަމަށް އޭނާ ވިދާޅުވިއެވެ.
ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.
