ސަރުކާރުން އިސްނަގައިގެން މުޅި ރާއްޖޭގައި ފަލަސްތީނުގެ މުސްލިމުންގެ ހައްގުގައި ހިނގާލުމެއް ބާއްވަން ނިންމަވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ހިންގާލުމެއް ބާއްވަން މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމަވާފައިވާ ކަމަށެވެ.
އަދި އެ ހިނގާލުން ބާއްވާނީ މުޅި ރާއްޖޭގައި ”ފަލަސްތީނާއެކު ދިވެހިން“ މި ނަމުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ، ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާވެރިވަމުންދާ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނައުމަށް ވެސް ނިންމައިފައެވެ. މިއީ މިހާތަނަށް ރާއްޖޭގެ އެއްވެސް ވެރިޔަކަށް ނިންމަވަން ކެރިވަޑައިގެންނެވި ނިންމުމެއް ނޫންކަން ފާހަގަކޮށްލެވެއެވެ.
