އޯ ލެވެލްގައި އިސްލާމް، ދިވެހި، ހިސާބު އަދި އިނގިރޭސި މާއްދާ މަޖުބޫރު މާއްދާތަކަށް ހަދަން ހުރިހާ ސްކޫލްތަކަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.
އެ މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ރާއްޖޭގެ ސްކޫލްތަކުން ތައުލީމު ހާސިލުކޮށްގެން ނުކުންނަ ކޮންމެ ދަރިވަރަކީ ތައުލީމީ ގޮތުން ހާސިލުކުރަން ކަނޑައަޅާފައިވާ ވަކި މިންވަރެއް ހާސިލުކޮށްފައިވާ ދަރިވަރުންނަށް ވާން ޖެހޭ ކަމަށެވެ.
އަދި ގްރޭޑް 10ގެ އޯލެވެލް އިމްތިހާނުތަކުގައި ބައިވެރިވާ ދިވެހި ކޮންމެ ދަރިވަރަކު އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު މާއްދާގައި ބައިވެރިި ވާން ވާނެ ކަމަށްވެސް އެ ސާރކިއުލާގައި ބުނެފައިވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސާކިއުލާގައި ބުނެފައިވަނީ މިއީ 2020 ވަނަ އަހަރުގެ ތެރޭގައި ވެސް ސްކޫލްތަކަށް އެންގި އެންގުމާ ގުޅޭ ނިންމުމެއް ކަމަށެވެ.
މިނިސްޓްރީން ބުނީ، ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން އުނގަންނައިދިނުމުގެ އުސޫލުގެ ތެރެއިން ފާހަގަކުރެވޭ ދަރިވަރުންނާ މެދު ވަކި ގޮތެއް ނިންމާނީ މިނިސްޓްރީގެ މަޝްވަރާގެ މަތިން ކަމަށެވެ.

ތަރައްގީ ވެފައިވާ އެހެންގައުމުތަކުގައި ކަންކުރަމުން އަންނަގޮތަށް އުގެނުމުގެ ގާބިލުކަމަށްބަލާ ކިޔެވުމުގެ ވަކިހިސާބަކުން ޔުނިވަރސިޓީ ތައުލީމާއި ޓެކްނިކަލް ތައުލީމަށް ކުދިންގެ ކިޔެވުމުގެ މިސްރާބު ބަދަލުކުރަންޖެހޭ.