ޓެކްސީ ޑްރައިވަރުން ވަކި ތަނަކަށް ނޫނީ ދަތުރު ނުކޮށްދޭ ވާހަކައާއި، ކަސްޓަމަރުންނާއިމެދުގައި މުޢާމަލާތް ކުރާ ގޮތް ކަމުނުގޮސްގެން، މިދޭތެރެއިން މީސްމީޑިއާއަށް އެތައް ޝަކުވާއެއް އޮއްސާލިއިރު، އިއްޔެ ފެނުނީ އޭގެ އިދިކޮޅެވެ. ވަރަށް ހިތްހެޔޮ، ޒުވާން ޓެކްސީ ޑްރައިވަރެއްގެ ވާހަކަ، މީސްމީޑިއާ ފުރާލިއެވެ. ފެނިގެންދިޔައީ، ޑްރައިވަރެއްގެ އޯގާތެރި ޢަމަލެއްގެ ސަބަބުން، އެތައް ބަޔަކު އޭނާއަށް ރައްދު ކުރި ހެޔޮ ބަސްތަކެވެ.
”މިނިސްޓްރީ އޮފް ޖުހާ“ ފޭސްބުކް ޕޭޖަށް މީހަކު ފޮނުވި މެސެޖެއް، ޙައްޖުގެ އަޅުކަން އަދާ ކުރަން، ފުރަން ދިޔަ މަންމަގެ އަތުން، ޒުވާން ޑްރައިވަރު ފައިސާ ނުނަގާކަން ވަނީ ފާހަގަކޮށްފައެވެ.
”އަޅުގަނޑު މަންމަ ޙައްޖަށް ދާން އެއާޕޯޓަށް ދާން އެރިކާރު ދުއްވަންއިން ކުއްޖާ ކައިރީގަ ކިހާވަރެއްހޭ ދޭންވީ ބުނުމުން އޭނާ ބުނި ޙައްޖަށް ދާމީހުން އަތުން އޭނާ ރުފިޔާ ބޭނުންނޫން ކަމަށް.“
އޭނާ ބުނި ގޮތުގައި، ޑްރައިވަރު ވަނީ މަންމައަށް ދަތުރު ”ހިލޭ“ ކަމަށް ބުނެޑ ކާމިޔާބު ޙައްޖަކަށް އެދޭ ކަމަށް ވެސް ބުނެފައެވެ.
އަދި ފޯނު ނަންބަރު ދިނުމަށްފަހު، މަންމަ ޙައްޖުގެ އަޅުކަމަށްފަހުގައި އެނބުރި އައުމުން، ގެއަށް ދިޔުމަށް ވެސް އޭނާއަށް ގުޅުމަށް އެދިފައިވެއެވެ. މި މެސެޖު މީސްމީޑިއާގައި ވައިރަލްވެ، ގިނަ ބަޔަކު ދަނީ ޑްރައިވަރަށް ވަރަށް ބޮޑަށް ތައުރީފުކޮށް، އޭނާ ކުރާ މަސައްކަތުގައި ބަރަކާތް ލެއްވުން އެދި ދުޢާ ކުރަމުންނެވެ.
އެ ޑްރައިވަރުގެ ޓެކްސީ ނަންބަރަކީ 2262އެވެ.

މިޚަބަރު އަހަރެންކިޔާނިމުމުން ހަމަހަގީގަތުގަވެސް އަހަރެންގެލޮލުން ކަރުނަހިލުވާލައިފިއުފަލުން
ޢެކުއްޖާގެމަސަައްކަތުގަ ބަރަކާެތްލައްވާށިއެ އާމީން