ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު މަމްދޫހު (މަންޑޭ) އަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ދޫކޮށްލައިފިއެވެ.

އެ މައްސަލައިގައި، އުމުރުން 60 އަހަރުގެ މީހަކު ހައްޔަރުކުރީ މޭ މަހުގެ ކުރީކޮޅުއެވެ.

އެ މައްސަލައިގައި ފުނަދޫ މެޖިސްޓްރޭޓް ކޯޓުން އޭނާގެ ބަންދަށް އެކި ފަހަރުމަތިން 20 ދުވަހަށް ވުރެ ގިނަ ދުވަސް ބަންދަށް ވެސް ޖެހިއެވެ.

އެހެން ނަމަވެސް އެންމެ ފަހުން ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން އޭނާ ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މަންޑޭއަށް ސިހުރު ހެދި ކަމަށް ބުނެ ފުނަދޫ ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ މުޒާހަރާވެސް ކުރިއިރު، މައްސަލައިގައި ކޯޓު ކައިރީގައި ކުރި މުޒާހަރާ ހޫނުވެ އެސްއޯ ފުލުހުން ވަނީ ޕެޕަސްޕްރޭ ވެސް ބޭނުންކޮށްފައެވެ.