ހައްޖު ކޯޕަރޭޝަންގެ ހައްޖު ކިއުގެ ނިޒާމް ހަމަޖެހިފައިވާ ގޮތުން އެއްވެސް ފަރާތެއްގެ ނުފޫޒެއް ހައްޖު ކިއު އަކަށް ނުފޯރުވޭނެ ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ޝަކީލު މިހެން ވިދާޅުވީ، ހައްޖުގެ ކިޔޫ ފަޅާފައި ސަރުކާރުން ބައެއް މީހުންނަށް ޖާގަ ދޭ ކަމަށް ބުނެ ވާހަކަތައް ދައްކަވަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން އޭނާ އެކްސްގައި ވިދާޅުވީ، މި އަހަރު ހައްޖަށް ދެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ ކިއުގައިވާ ހުރިހާ ފަރާތްތަކަށް ހައްޖަށް ދިއުމުގެ ފުރުސަތު ދެވިފައިވާ ކަމަށެވެ.
އަދި މި އަހަރުގެ ރަސްމީ 1000 ކޯޓާއިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިއުމަށް ހަމަޖެހިފައިވާ މީހުންގެ ތެރެއިން އެހީތެރިންގެ ގޮތުގައި އަންނަ ހައްޖު ކޯޕަރޭޝަންގެ ތިން މުވައްޒަފުން ފިޔަވާ ހުރިހާ ހައްޖުވެރިން މައްކާއަށް އައިސް އުމްރާގެ އަޅުކަން ފުރިހަމަކޮށްފައިވާ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.
