ހިމާޔަތް ކޮށްފައިވާ މިޔަރުގެ ފަރާތުން ބޮޑެތި ގެއްލުންތައްކާއި ހިތާމަވެރި ހާދިސާތައް އިތުރުވާތީ އެކަމަށް ހައްލެއް ހޯދަން ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ، ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ހަރަކާތެއްގައި މީޑިއާއާ ވާހަކަ ދައްކަވަމުންނެވެ.
ޝިޔާމް ވިދާޅުވީ މިޔަރުގެ ސަބަބުން އެކި ކަހަލަ އުނދަގޫތަކާއި ބިރުވެރިކަމާ ކުރިމަތިވާކަމުގެ ޝަކުވާ ވަރަށް ގިނައިން ލިބެމުންދާ ކަމަށާއި މަސްވެރިންގެ ފަރާތުން އެ ޝަކުވާ އަންނަލެއް ގިނަ ކަމަށެވެ.
އެހެންވެ މައްސަލަ އަށް ހައްލެއް ހޯދުމަށްޓަކައި ސަރުކާރަށް ކުރެވެން ހުރި ކަންކަން ބަލަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
މިދިޔަ ހަފުތާގައި މިޔަރަކު ދިން ހަމަލާއެއްގައި ސިފައިންގެ ޒުވާން އޮފިސަރަކު ނިޔާވެފައިވެއެވެ.
