ކާނިވާ ސަރަހައްދު މިރޭ ފުރި ބަންޑުންވާނެ ކަމަށް ޕީޕީއެމްގެ ސެނެޓަރ މުހައްމަދު އަބްދުލްކަރީމް(ރުކުމާ) ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ޓިކެޓު، އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމަށް އެރުވުމަށް ބާއްވާ ހާއްސަ ޖަލްސާ ”ހަވާލޭ ވަތަން“ މިރޭ ކާނިވާ ސަރަހައްދުގައި އޮންނާނެއެވެ. މިރޭގެ ޖަލްސާއަށް އަތޮޅުތެރެއިންވެސް ގިނަ މީހުން ވަނީ މާލެ އައިސްފައެވެ.
ރުކުމާ ވިދާޅުވީ މިރޭގެ ޖަލްސާއަކީ ”ރެކޯޑް“އަކަށް ވާނެ ކަމަށެވެ. އަދި މިރޭގެ ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވާނެކަން ހާމަކުރެެއްވުމުގެ ގޮތުން އޭނާ ވިދާޅުވީ މިރޭ އެ ސަރަހައްދު ”ފުރިގެން ބަންޑުން“ވާނެ ކަމަށެވެ.
ކާނިވާ ސަރަހައްދު ފުރި ބަންޑުންވާނެ. ރިކޯޑެއް މުގުރާލާނެ إنْ شاء الله
ހަވާލޭ ވަޠަން"
ޕީޕީއެމް ގެ ރިޔާސީ ޓިކެޓް ރައީސް ޔާމީން އަށް އެރުވުމަށް ބާއްވާ ޚާއްޞަ ޖަލްސާގެ ފަހުގެ ތައްޔާރީތަށް #HavaaleyWathan#RY2023 pic.twitter.com/CDILsTpTj7— ރުކުމާ (@RukumaA) August 18, 2022
މިރޭ 8:30 އަކީ ބޮޑު ދެ ސިޔާސީ ޕާޓީ، އެމްޑީޕީ އާއި ޕީޕީއެމްގެވެސް ބޮޑު ދެ އެެއްވުން އޮންނަ ވަގުތަށް ވަނީ ވެފައެވެ. ޕީޕީއެމްގެ ހާއްސަ ޖަލްސާ އޮންނަ ގަޑީގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ކޮންގްރެސް ފެށުމުގެ ޖަލްސާ ސޯޝަލް ސެންޓަރުގައި އޮންނާނެއެވެ.
