މާލެ ސިޓީގެ ހަތަރު ސަރަހައްދެއްގައާއި 25 މިސްކިތެއްގައި އީދު ނަމާދު ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
މާލެ ސިޓީގައި އީދު ނަމާދު ކުރަން ހަމަޖެހިފައިވާ މިސްކިތްތަކަކީ، މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަރުކަޒު، މަސްޖިދުއް މަލިކި ސަލްމާން (ސަލްމާން މިސްކިތް: މަސްޖިދުލް ފުރްގާން، މަސްޖިދުއްނޫރު، މަސްޖިދުއް ޝަހީދު އަލީ، މަސްޖިދުއްސުލްތާން ހަސަން އިއްޒައްދީން (ތައިބާ މިސްކިތް، މަސްޖިދުއްސުލްތާން މުހައްމަދު ފަރީދުލް އައްވަން (ދުބުރި މިސްކިތް، މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް، މަސްޖިދު ޝަހީދު އަބްދުއްރަހްމާން (ފަނޑިޔާރު މިސްކިތް) މަސްޖިދު ސަލާހުއްދީން، މަސްޖިދު ޖަލާލުއްދީން، މަސްޖިދު އިބްރާހިމް، މަސްޖިދު އިސްކަންދަރު، ވަގުތީ މިސްކިތް (ބޮޑުގެ) މަސްޖިދުއްސުލްތާން މުހައްމަދު އިމާމުއްދީން (ރަން މިސްކިތް) މަސްޖިދުއްޝައިހް މުހައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް) މަސްޖިދުއް ސަލާމް، މަސްޖިދު ރަޝީދު، މަސްޖިދުއް ޝައިހް ގާސިމް ބިން މުހައްމަދު އަލްސާނީ (ވައްގުއްބު މިސްކިތް) މަސްޖިދު އަޒީޒާ މޫސާ، މަސްޖިދު އުސްމާން ބިން އައްފާން، މަސްޖިދު ހަސަން އާދަމް އަދި މަސްޖިދު އަމީލް ޖަލީލެވެ.
މޫސުން ގޯސްވެ، ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރެވޭ ގޮތް ވެއްޖެ ނަމަ ހުކުރު ކުރާ ހުރިހައި މިސްކިތްތަކުގައި ވެސް ޢީދު ނަމާދު ކުރާނެއެވެ.
ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާ މައިދާންތަކާއި މިސްކިތްތައް ހުންނާނީ އަންހެނުންނަށް ވެސް އީދު ނަމާދުކުރެވޭނެ ޖާގަ އާއިއެކުގައެވެ.

އީދުމިސްކިތައް އީދު ނާންނަނީދޯ.