ހުޅުމާލޭގެ ފޭސް ދޭއްގެ ހިޔާ ޓަވަރުގެ އެޕާޓްމަންޓްތަކަށް މީހުން ގެންގޮސް ބްލެކްމެއިލްކޮށް ފޭރުމުގައި ހިމެނުނު ހަތް މީހުންގެ ވަނަވަރު އާއްމު ކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، މި މައްސަލައިގައި ހިމެނޭ ދެ މީހަކު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
ހިޔާ ފްލެޓް އެޗް ފަހެއްގެ ތިނެއްގެ 18 ނަންބަރު އެޕާޓްމަންޓުގައި މީހުން ގެންގޮސް ބްލެކް މެއިލްކޮށް ފޭރުމުން ދިޔަ މައްސަލަ ފެންމަތިވީ މިދިޔަމަހުގެ ތެރޭގައެވެ.
އެ މައްސަލާގައި ހައްޔަރުކުރި 7 މީހުންނަކީ:
* އައިމިނަތު ހުމައިނާ ޒަކަރިއްޔާ، މ. ގޯނބިލިގަސްދޮށުގެ/ކ. މާލެ، އުމުރު 24 އަހަރު
* އާޔަތު އައްބާސް، ދަފްތަރު ނަންބަރު ދރ. 1835، އުމުރު 30 އަހަރު
* މުހައްމަދު އާދަމް، ޕެލަސް ހައުސް/ގއ. ދާންދޫ، އުމުރު 43 އަހަރު
* ސަމާހު އަލީ، ގ. ކަނދަމާގެއާގެ/މާލެ، އުމުރު 31 އަހަރު
* މުހައްމަދު މުނީރު، ސަންފްލާވާ/ދ. ކުޑަހުވަދޫ، އުމުރު 35 އަހަރު
* އަހުމަދު މާޖިދު، ހިފާޒް /ނ. ވެލިދޫ، އުމުރު 33 އަހަރު
* އަހުމަދު މަދީހު، މ. ސީނަރީވިއު/މާލެ، އުމުރު 34 އަހަރު
ފުލުހުން ބުނީ އެ މީހުންގެ ތެރެއިން ދޫކޮށްލީ ހުމައިނާ އާއި މަދީހު ކަމަށެވެ.
މަދީހު 15 ދުވަހަށް ބަންދު ކުރުމަށް ފަހު ދޫކޮށްލާފައިވާއިރު، ހުމައިނާ ދޫކޮށްލީ އޭނާ އަކީ މާބަނޑު އަންހެނަކަށްވާތީ ސިއްހީ ހާލަތަށް ރިޔާއަތްކޮށް ކޯޓަށް ނުގެންގޮސް ކަމަށް ފުލުހުން ބުނެއެވެ.
