ރާއްޖެއިން މިއަހަރު ޙައްޖަށް ދިޔަ ހުރިހާ ޙާޖީން ޢަރަފާތު ބިމަށް ގޮސްފިއެވެ.
ޢަރަފާތު ބިމަށް ދިޔުމަކީ ޙައްޖުގެ އެންމެ މަތީ ރުކުނެވެ. އެކަމާއި ނުލައި ޙައްޖު ފުރިހަމަ ވެސް ނުވާނެއެވެ.
ޙައްޖު މިޝަނުން ބުނީ، ރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖުވެރިން މިހާރު އަރަފާތު ބިމަށް ގޮސްފައިވާ ކަމަށެވެ.
ދިވެހި ހުރިހާ ޙައްޖާޖީންގެ ހާލު ވެސް ރަނގަޅު ކަމަށް ހައްޖު މިޝަނުން ބުނެއެވެ.
މި އަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރަން ސައުދީ ޢަރަބިއްޔާއަށް ދިޔައީ 1،150 މީހުންނެެވެ.
