ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއަށް ގެންނަން އުޅުނު ވެންޓިލޭޓަރުތަކާ ގުޅޭ ބޮޑު ހިޔާނާތުގެ މައްސަލާގައި ކުރީގެ ހެލްތު މިނިސްޓަރު އަމީނާއި، އިތުރު އަށް މީހަކަށް ދައުވާނުކުރަން ނިންމައިފިއެވެ.
މިކަމާ ގުޅޭ ގޮތުން އެންޓި-ކޮރަޕްޝަނުން ބުނީ ވެންޓިލޭޓަރުގެ މައްސަލަ ވަރަށް ބޮޑު އިސްކަމެއް ދީގެން ތަހުގީގުކޮށް ނިންމުމަށް ފަހު، ޕީޖީ އޮފީހަށް ތިން ފަހަރެއްގެ މަތިން ފޮނުވުމުން އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލާގައި ދައުވާކުރުން ހުއްޓާލައި މައްސަލަ ފައިލް ވެސް ކޮށްފައިވާ ކަމަށް އޭސީސީން ބުންޏެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ 75 ވެންޓިލޭޓަރު 34 މިލިއަން ރުފިޔާ އަށް ހޯދަން ހަވާލުކުރުމުގައި މާލިއްޔަތު ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައިވެއެވެ. އެ ރިޕޯޓާ އެކީ އޭސީސީގެ ތަގަށް ފަހު ދައުވާކުރަން އެދުނީ އަމީނާއި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ ހިމެނޭ ގޮތުން 11 މީހެއްގެ މައްޗަށެވެ.
ނަމަވެސް މިހާރު މިނިސްޓަރު އަމީން ހިމެނޭ ގޮތަށް އަށް މީހަކަށް ދައުވާނުކޮށް މައްސަލަ ޕީޖީން ފޮނުވީ ދައުވާކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުންޏެވެ. އަމީން މަގާމުން އަމިއްލަ އަށް އިސްތިއުފާދެއްވީ އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެންނެވެ.

ޕިސް ޕިސް ޕިސް ޕިސް ނުބައި ނުލަފާ އަމަލު ތަކަށް ހިތްވަރު ދެނީ.ނިކަމެތިން ތިބޭނީ ގޮޅީގަ.ލަދުގެ ކަންފުޅެށް ނެތް. ނިކަމެތިންގެ ނޭޭވާ އަމީނު ބަނޑު އެޅީ