ބޭނުންވާނެތަކެތި:
½ ދަޅު ގެރިކިރު
2 ސައިސަމުސާ ކޯން ފްލާ
500 އެމް އެލް ފުލްކްރީމް ކިރު
1 ސައިސަމުސާ ވެނީލާ އެސެންސް
2 ޕެކެޓް އޯރިއޯ (ކްރީމް ކޮޅު ވަކި ކޮށްފައި)
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ތަވައަކަށް ގެރިކިރު އަޅައި، އުނދުންމަތީގައި ހަލަމުން ކައްކާށެވެ. މިކަން ކުރަންވާނީ، މަޑު ގިނީގައެވެ.
ގެރިކިރު ކެކެން ފެށުމުން ¼ ޖޯޑު ކިރު އެއިން ނެގުމަށް ފަހު އޭގެ ތެރެއަށް ކޯން ފްލާ އަޅައި އެއްކޮށްލާށެވެ.
އެއަށް ފަހު ތަވާ މަތީގައި ހުރި ބައިގެތެރެއަށް ކޯން ފްލާ އެއްކުރި ބައި އަޅާށެވެ.
އަދި ރަނގަޅަށް އެއްކުރުމަށް ފަހު އެސެންސް އަޅައި، އޮލަވަންދެން މަޑުމަޑުން، ހަލަމުން ކައްކާށެވެ.
އޮލަވުމުން އުނދުން މަތިން ބޭލުމަށް ފަހު ކްރީމް ކޮޅު ވަކިކޮށްފައިވާ އޯރިއޯ ބިސްކޯދުތައް އަޅާފައި ހުރި ޓްރޭ މައްޗަށް ކުރީމްކޮޅު އޮއްސާލާށެވެ.
އެއަށްފަހު ޕުޑިން ހިހޫ ވަންދެން ބަހައްޓާލާށެވެ. ދެން ބޭނުން ނަމަ އޯރިއޯ ބިސްކޯދު ފުނޑުކޮށްފައި މައްޗަށް ވެސް އެޅިދާނެއެވެ.
2 ގަޑިއިރު ފްރިޖްގައި ބަހައްޓައިގެން ފިނިކުރުމަށް ފަހު ސާވް ކުރެވިދާނެއެވެ.
