ހއ. އަތޮޅުގެ 13 ރަށެއްގައި މަސައްކަތްކުރާ ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ނަރުހުން ހޯދަން އިއުލާންކޮށްފިއެވެ.
ހއ. އަތޮޅު ހޮސްޕިޓަލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ، އެ އަތޮޅު ހޮސްޕިޓަލަށާއި ސިއްހީ މަރުކަޒުތަކަށް ދާއިމީ 52 ދިވެހި ރެޖިސްޓާޑް ނަރުހުން ބޭނުންވާ ކަމަށެވެ.
އެގޮތުން ހއ.އަތޮޅު ހޮސްޕިޓަލަށް 13 ނަރުހުން ހޯދާއިރު، ބާރަށް ސިއްހީ މަރުކަޒަށް ދެ ނަރުހުން ހޯދަން ވަނީ އިއުލާނު ކޮށްފައެވެ. މުރައިދޫ ސިއްހީ މަރުކަޒަށް ދެ ނަރުހުން، ތަކަންދޫ ސިއްހީ މަރުކަޒަށް 6 ނަރުހުން، ހޯރަފުށީ ސިއްހީ މަރުކަޒަށް 4 ނަރުހުން، ތުރާކުނު ސިއްހީ މަރުކަޒަށް ނަރުހެއް، އުލިގަމު ސިއްހީ މަރުކަޒަށް 2 ނަރުހުން، މޮޅަދޫ ސިއްހީ މަރުކަޒަށް ދެ ނަރުހުން، ކެލާ ސިއްހީ މަރުކަޒަށް 8 ނަރުހުން، ވަށަވަރު ސިއްހީ މަރުކަޒަށް ތިން ނަރުހުން، ފިއްލަދޫ ސިއްހީ މަރުކަޒަށް 2 ނަރުހުން، މާރަންދޫ ސިއްހީ މަރުކަޒަށް ނަރުހެއް، އުތީމު ސިއްހީ މަރުކަޒަށް ދެ ނަރުހުން ހޯދަން އިއުލާނުގައިވެއެވެ.
