ފުވައްމުލަކު ސިޓީގެ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން، ފުލުހުން ބުނީ ހޯދަމުން އަންނަނީ ފުވައްމުލައް، ދިގުވާނޑު/އެފްރޯ، އަހުމަދު އިޔާޝް ވަސީމް، 24، ކަމަށެވެ.
އިޔާޝް އެންމެ ފަހުން ފެނިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު ކަމަށް އާއިލާ އިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެހެންވެ، އިޔާޝްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި ހިއްސާކޮށް ދޭން ފުލުހުން އެދިފައިވެއެވެ.
ނަމަވެސް އޭނަ ގެއްލުނީ ސީދާ ފުވައްމުލަކުން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
