ގދ ފިޔޯރީން ގެއްލިގެން ހޯދަމުން ދިޔަ އަށް އަހަރުގެ ކުޑަ އަންހެން ކުއްޖާ ފެނިއްޖެއެވެ.
ފުލުހުން ބުނީ ހޯދަމުން ދިޔަ ކުއްޖާ މިހާރު ފެނިފައިވާ ކަމަށެވެ.
އެ ކުއްޖާގެ ފޮޓޯ ހިއްސާ ކުރި ”ފިޔޯރީ އެމްވީ“ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ، އެ ކުއްޖާ ފެނި، ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށެވެ. ފުލުހުން ބުނީ، ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައީ، ފެނުނުއިރު ހީކަރުވައި، ވަރުދެރަ ވެފައިވުމުން ކަމަށެވެ. އަދި ކުއްޖާގެ ވިންދު ރަނގަޅު ކަމަށް ވެސް
ފުލުހުން ކުރިން މައުލޫމާތު ދިން ގޮތުގައި، އުމުރުން 8 އަހަރުގެ އެ ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު 19:08 ހާއިރުއެވެ.
އަދި އެ ކުއްޖާ އެންމެފަހުން ފެނިފައިވަނީ މިއަދު ހަވީރު ފަހެއް ޖަހާކަން ހާއިރު ކަމަށްވެސް، އާއިލާއާ ހަވާލާދީ ފުލުހުން މައުލޫމާތުދިނެވެ.
