ބޯޓު ދަތުރުކުރާ މީހުންގެ ކާޑު ރާއްޖެއިން މިހާރު ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
ރާއްޖެއިން ބައިވެރިވެފައިވާ އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން އައިއެލްއޯ) ގެ މުއާހަދާއާ އެއްގޮތްވާގޮތުގެ މަތިން ބޯޓް ދަތުރުކުރާ މީހުން ނަގަން ޖެޖޭ ހުއްދައިގެ ކާޑު މިހާރު ރާއްޖެ އިން ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާތީ، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައިއެލްއޯގެ ކޮންވެންޝަންގައި ބަޔާންކުރާ މިންގަނޑަށް ފެތޭ، ”ސީފެއަރާސް އައިޑެންޓީޓީ ޑޮކިއުމެންޓް (ސިޑް) ގެ އިންތިޒާރުގައި ތިބި އެތައް ދިވެހި ސީމަނުންގެ 7 އަހަރަށް ވުރެ ދިގު އިންތިޒާރަށް ނިމުން ގެނެސް، އިއްޔެ އިން ފެށިގެން ސިޑް ދޫކުރަން ފަށާފައިވާ ކަމަށެވެ.
”މިއީ އަޅުގަނޑުމެންގެ ސީފެއަރާސްގެ ހިދުމަތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާ އަހަމިއްޔަތު ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއް. ވުމާއެކު، އެމަނިކުފާނަށް ނުހަނު އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.“ މިނިސްޓަރު އަމީން ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ސީފެއަރާ ދުވަސް ފާހަގަ ކުރަން ރޭ ބޭއްވި ސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި، ސީމަނުން ހުށައެޅި އެންމެ މުހިންމު ކަމަކީ އެ މީހުންގެ އައިއެލްއޯ އައިޑީ ކާޑް ލިބޭނެ ގޮތް ރާއްޖެއިން ހަމަޖައްސައިދިނުން ކަމަށެވެ.
އެހެންވެ އެކަން މިހާރު ފަހިވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ބޯޓު ދަތުރުކުރާ މީހުންނަށް މި ވޭތުވެދިޔަ އަހަރުތަކުގައި ދިމާވި މައްސަލަތަކާއެކު ބައެއް މީހުންގެ ވަޒީފާތައްވެސް ގެއްލުނުކަމަށެވެ.
އަދި އަލަށް މި ދާއިރާއަށް ނިކުންނަން ބޭނުންވި މީހުންނަށްވެސް ގޮންޖެހުންތައް ކުރިމަތިވި ކަމަށެވެ.
