އެންވަޔަރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފާތިމަތު ޝަމްނާޒް އަލީ ސަލީމް އާއި އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ މީހުން ހައްޔަރުކޮށްފައި ވަނީ ސިހުރުގެ ހަދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެންނެވެ.
މި މައްސަލައިގައި ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ، ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން އޭނާއާ އިތުރު ދެ މީހަކު މި މަހުގެ 23 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އެ ތިން މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ ކަަމަށް އޮފިޝަލް ވިދާޅުވިއެވެ.
