ދިވެހި ފުލުހުންގެ ހިދުމަތުން ބަލަމުންދާ ހާއްސަ މައްސަލައަކާ ގުޅޭ މައުލޫމާތު ދިނުމަށް މިރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.
ފުލުހުން ވަނީ، މިރޭ 8:45ގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަށް، މީޑިއާތަކަށް ދައުވަތު ދީފައެވެ.
މި ބައްދަލުވުމުގައި، ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު، އަލީ އިހުސާން ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިރޭގެ ކުއްލި ޕްރެސް ކޮންފަރެންސް ބާއްވަނީ، ކޮން މައްސަލައަކާ ގުޅޭގޮތުން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
