ހުޅުމާލޭގައި ހުންނަ ސެންޓަ ފޮ ހަޔަ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ގައި ނަމާދު ކުރާނެ ބައެއް ހުޅުވައިފިއެވެ.
މިތަން ހުޅުވާފައި ވަނީ، އިސްލާމިކް މިނިސްޓްރީގެ އެހީތެރިކަމާ އެކުގައެވެ.
ދަރިވަރުންނަށް ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ގާއިމުކުރި އެ ތަނުގައި އެއްފަހަރާ 40 ދަރިވަރުންނަށް ނަމާދު ކުރެވޭނެއެވެ.
ދެ ޖިންސްގެ ދަރިވަރުންނަށް ވަކިން ވުޟޫ އާއި ނަމާދު ވެސް ކުރެވޭ ގޮތަށް، ގާއިމުކުރި ބައި ހުޅުވައި ދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ.
ސީއެޗްއެސްއީގައި 1،700 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
