ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އުފައްދާފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ)ގެ ބޯޑަށް ދެ ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
އެމްއެމްޕީއާރްސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ކުންފުނީގެ ބޯޑަށް އަބްދުލްސަމީއު އިމާދާއި، އައިޝަތު ހަމީދު އައްޔަން ކޮށްފައިވާ ކަމަށެވެ.
ދާދި ފަހުން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ ވަނީ އައްޔަން ކުރައްވާފައެވެ.
މި މަގާމުގައި ކުރިން ހުންނެވި ފާތިމަތު ތައުފީގު މަގާމުން ވަކިކުރުމާއި ގުޅިގެން އެ ކުންފުނި ވަގުތީ ގޮތުން ހިންގަމުން ދިޔައީ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ބައްސާމެވެ.
