ހދ.ހަނިމާދޫގެ އެއާޕޯޓު މަޝްރޫއު ކުރިއަށްދާ ގޮތް، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ބައްލަވާލައްވައިފިއެވެ.

އެއާޕޯޓުގެ މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވައިލައްވައި، މިނިސްޓަރު އަމީން އެކްސްގައި ވިދާޅުވީ، އެ މަޝްރޫއު ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.

“ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލައިލުމަށް މިއަދު ހދ.ހަނިމާދޫއަށް އަޅުނގަޑު ޒިޔާރަތްކުރިން، މަސައްކަތް ކުރިއައް ދަނީ ތާވަލާ އެއްގޮތަށް!“
ޓްރާންސްޕޯޓް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިނިސްޓަރުގެ ޒިޔާރަތުގައި އެއާޕޯޓް ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލެއްވުމުގެ އިތުރުން މަސައްކަތުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކާ ބައްދަލުކުރައްވައިފައިވާ ކަމަށެވެ.

ހަނިމާދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއުގައި ސޮއިކުރީ 2022 ވަނަ އަހަރުގައެވެ.

އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ ހަވާލު ކުރި މި މަޝްރޫއުއަކީ 136.6 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.