މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބައްސާމު އާދަމް މަގާމުން ވަކިކޮށްފިއެވެ.

ބައްސާމަކީ މި އަހަރުގެ ކުރީކޮޅު އެމްއެމްޕީއާރްސީގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރިކަމުގެ ތުހުމަތު ވެސް ކުރެވުނު ބޭފުޅެކެވެ. މި މައްސަލަ ބަލަމުންދާތީ، އޭނާ އޭޕްރީލްމަހުގައި ސަސްޕެންޑް ކުރިކަން  ވެސް އެނގިފައިވެއެވެ.

އޭނާ އަކީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި ފާތުމަތު ތައުފީގު މެއި މަހުގެ ތެރޭގައި މަގާމުން ވަކިކުރުމާ ގުޅިގެން އެމްޑީއަކު އައްޔަންކުރަން ދެން ކުންފުނި ހިންގެވުމުގެ ޒިންމާ ނަންގަމުން ގެންދެވި ބޭފުޅާއެވެ.

ބައްސާމްގެ އިތުރުން އެމްއެމްޕީއާރްސީގައި ވަރަށް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރެއްވި އިބްރާހީމް އާސިމް ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.

އެމްއެމްޕީއާރްސީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރަކީ އިބްރާހީމް ޝިއުރީއެވެ.