މުލީއާގެއިން އެއްވެސް މަޖިލިސް މެމްބަރަކަށް އެންމެ ރުފިޔާއެއްވެސް ނުދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވީ، އިދިކޮޅު ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

ރައީސް ޔާމީން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް ފައިސާ ދެއްވާ ކަމަށާއި އެއީ މުލިއާގެ ރެއިޑްކޮށްގެން ފުލުހުން ބަލަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ އެ ވާހަކަތަކާ ގުޅިގެން ފަލާހު ވަނީ ރައީސް ޔާމީނަށް ފައިސާގެ ވާހަކަ ނޫން ވާހަކައެއް ނުދެއްކެނީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ.

އަދި އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓުގައި 200 މިލިއަން ރުފިޔާ ހުރުމަކީ ކޮން ކަހަލަ ކަމެއްތޯ އާއި އެއީ ހަމަ ސައްހަ ފައިސާތޯ ވެސް ސުވާލު ކުރައްވާފައެވެ.

”މުލިއާގެއިން އެއްވެސް މަޖިލިސް މެމްބަރަކަށް އެންމެ ރުފިޔާ އަށް ވެސް ނުދޭ. މަނިކުފާނަށް މިވަރުން ސާފުވާނެ ކަމަށް ހީކުރަން،“ ފަލާހު ވިދާޅުވިއެވެ.