ޝަތުރު ހަމަވާ އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންމްޕެނީ ލިމިޓެޑް(މިފްކޯ) އަށް ސީއީއޯއެއް ހޯދަން ކުރި އިއުލާނު ބާތިލު ކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު(ޕީސީބީ)އިން މިފްކޯއަށް ސީއީއޯއެއް ހޯދުމަށް އިއުލާނު ކުރީ މިދިޔަމަހުގެ 26ވަނަ ދުވަހުއެވެ.

އަދި މި އިއުލާނުގެ މުއްދަތު މިމަހުގެ 15 ވަނަ ދުވަހު 14:00 އާއި ހަމައަށްވަނީ ހަމަވެފައެވެ.

މިފްކޯއަށް ބޭރުގެ ސީއީއޯއެއް ހޯދަން ކުރި އިއުލާނުގައި ސީއީއޯގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭނެކަމަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި، މަދުވެގެން އަށް އަހަރު މަސްވެރިކަމާއި ގުޅުންހުރި ކުންފުންޏެއް ހިންގުމުގެ ތަޖުރިބާ ހުރި ފަރާތަކަށްވުން ހިމެނެއެވެ.

އަދިވމަދުވެގެން ހަތަރު އަހަރު މަސްވެރިކަމާއި ގުޅުން ހުރި ބައިނައަގްވާމީ ކުންފުންޏެއް ހިންގުމުގެ ތަޖުރިބާ ހުރި ފަރާތަކަށް ވާން ޖެހެއެވެ.

މިފްކޯއަށް އާ ސީއީއޯއެއް ހޯދުމަށް އިއުލާނު ކުރީ، އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ޝަމާހް ރަޝީދު މަގާމުން މިދިޔަ މޭއި މަހު ވަކިކުރުމަށް ފަހުއެވެ.